ޕީއެސްއެމްގެ އެމްޑީ ކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

Loading

August 24, 2024
sandhaanu news
Facebook
Twitter
WhatsApp

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ޒީނާ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މީޑިއާއަކަށް ހާމަކުރައްވާފައެއް ނުވެއެވެ.

ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ޒީނާ ވަނީ ނޫސް ވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް