އިސްރާއީލު ސިފައިން ޣައްޒާގެ މިސްކިތެއްގައި މުސްހަފްތައް އަންދަނީ

Loading

August 24, 2024
sandhaanu news
Facebook
Twitter
WhatsApp

އިސްރާއީލު ސިފައިން ޣައްޒާގެ މިސްކިތުގައި މުސްހަފްތައް އަންދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލްޖަޒީރާ ޓީވީއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ޓީވީއަށް ވަނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ މިސްކިތްތައް ސުންނާފަތިކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލިބިފައެވެ.

އެގޮތުން ހުކުރު ދުވަހު އާންމުކުރި ވީޑިއޯ ފޫޓޭޖުތަކުން ފެންނަނީ ޣައްޒާގެ މިސްކިތެއްގައި އިސްރާއީލު ސިފައިން ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދަމުންދާ މަންޒަރެވެ.

ގަތަރުގެ ނިއުސް ޗެނަލް އަލްޖަޒީރާއިން ބުނީ އެ ފޫޓޭޖް ހޯދާފައިވަނީ ޣައްޒާއިން ފެނުނު އިސްރާއީލު ސިފައިންނާއި ޑްރޯންތަކުން ނަގާފައިވާ ވީޑިއޯއިން ކަމަށެވެ.

އެ ފޫޓޭޖުން ފެންނަ ގޮތުގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި އޮންނަ ބަނީ ޞާލިހު މިސްކިތަށް ވަދެ، އެ މިސްކިތުގެ ތެރޭގައި ޤުރުއާނުގެ ކޮޕީތައް އަންދާލި މަންޒަރު ފެނެއެވެ.

އިތުރު ފޫޓޭޖްތަކުގައި އިސްރާއީލު ސިފައިން ފެންނަނީ މީގެ 96 އަހަރު ކުރިން ހަދާފައިވާ ޣައްޒާގެ އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ބޮޑު މިސްކިތެވެ.

މި ފޫޓޭޖާ ބެހޭ ގޮތުން އިސްރާއީލު ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޤުރުއާނަށް އިހާނަތްތެރިކޮށް ހިތުމަކީ އިސްލާމްދީނުގައި ބޮޑު ކުށަކަށް ވާއިރު މިކަން ހިމެނެނީ ދުނިޔޭގެ 1.9 ބިލިއަން އެއްހާ މުސްލިމުންގެ އީމާންތެރިކަމަށް ފުރައްސާރަ ކުރުމުގެ ތެރޭގައެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުން އަންނަ ހަމަލާގެ ތެރޭގައި ޣައްޒާ ސިޓީގައި ހުންނަ މީގެ 1،400 އަހަރު ކުރިން ގާއިމްކޮށްފައިވާ ބޮޑު އުމަރީ މިސްކިތް ހިމެނޭ ގޮތަށް އެތައް ސަތޭކަ މިސްކިތެއް ވަނީ ތަޅާ ސުންނާފަތި ކޮށްލާފައެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ 609 މިސްކިތް މުޅިން ނައްތާލައި، 211 މިސްކިތުގެ ބަޔަކަށް ގެއްލުންދީ ނައްތާލާފައި ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެމުންއަންނަ ލާއިންސާނީ ހަމަލާތަކުގައި، ހޮސްޕިޓަލްތަކާއި، މަދަނީ ގެދޮރާއި، އަޅުކަންކުރާ ގެތަކަށް ބޮން އެޅުމުގެ މައްސަލަތައް ދުނިޔޭގެ ގިނަ ގައުމުތަކަކާއި ބައިނަލްއަގްވާމީ އިންސާނީ ޖަމާއަތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

މި ހަމަލާގެ ސަބަބުން ފަލަސްތީނުގެ 40،200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 93،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލޯކަލް ހެލްތު އޮތޯރިޓީތަކުން ބުނެ އެވެ.

ޔަހޫދީ އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ، އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.

އިސްރާއީލަށް ނަސްލު ނައްތާލުމުގެ ތުހުމަތުތައް އިންޓަނޭޝަނަލް ކޯޓުން ކޮށްފައިވާއިރު، މެއި މަހުގެ ހަ ވަނަ ދުވަހު އެ ސަރަހައްދަށް އަރައިގަތުމުގެ ކުރިން ފަލަސްތީނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ހިމާޔަތް ހޯދާފައިވާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުވުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް