މަގުމަތީން ފުރައްސާރަ ކުރި މައްސަލަ ނުބެއްލެވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފިއެވެ.
ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ވަނީ ހަމަލާދީފައެވެ. އެމަނިކުފާނު ވަނީ އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ.
އެމަނިކުފާނުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހީމް ޖައުފަރު (ޖޯރޭ) އެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ވަހީދު ވިދާޅުވީ ޖައުފަރަކީ ނަފްސާނީ އަދި ޖިސްމާނީ ބަލި ހުންނަ މީހެއް ކަން އެނގިވަޑައިންނަވާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބަލައި އޭނާގެ ބަލި ހާލަތުގެ ގޮތުން އިތުރަށް މައްސަލަ ނުބެއްލެވުމަށް ޑރ. ވަހީދު ވަނީ ފުލުހުންގެ ފަރާތުން އެދިވަޑައިންނަވާފައެވެ.
ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިމާކުރި މައްސަލަ ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ދިފާއުވެސް ކުރައްވާފައެވެ.