އެމްޑީޕީގެ ގައުމީ މަޖިލިސް ދާއިރާތަކުގެ ބައި އިލެކްޝަން ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:00 ގައެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގައެވެ.
އެމް.ޑީޕީއިން ބުނީ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިރޭ 21:30 ހާ ހަމައަށް ކުރިއަށްދާނެކަމަށެވެ.
މި ބައި އިލެކްޝަނުގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިންތިޚާބުގެ ވޯޓުލުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އަދި ވޯޓުން ކަންކަން ނިންމުމުގައި ނަމޫނާ ދައްކަމުން އައި ޕާޓީއެއްކަމަށެވެ.
އެމްޑީޕީ ހިންގުމުގެ ހުރިހާ ދާއިރާއެއްގެ ތެރޭގައި ވެސް އާންމު މެމްބަރުންގެ ބަސް ބުނެވޭނެ ކަމަށާއި މަޝްވަރާގެ ތެރެއިން އެންމެ ފަހުގެ ނިންމުން ނިންމާ ޕާޓީއަކީ ވެސް ހަމައެކަނި އެމްޑީޕީކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.