ޕާކިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ސިފައިންގެ މީހަކު މަރާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ބަލޫޗިސްތާން ޕުރޮވިންސުގެ ގަވާދަރްގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރޭގައި އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ސިފައިންގެ މީހަކަށް ހަމަލާދީ މަރާލައިފި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.


މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބަލޯޗް މޫވްމަންޓް ޖަމާޢަތުން ޑިމާންޑް ކުރަމުން އަންނަނީ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާ އެ ޖަމާޢަތުގެ މެންބަރުން މިނިވަން ކުރުމަށެވެ.
މިކަމަށް ޑިމާންޑްކޮށް މުޒާހަރާގެ ބައިވެރިން ވަނީ ބަނދަރުމަތީ ރަށެއް ކަމުގައިވާ ގަވާދަރްގެ ބައެއް މަގުތައް ބަންދު ކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މުޒާހަރާގެ ތެރެއިން ހަމަނުޖެހުންތަކެއް ފެށުނީ މުޒާހަރާ ރޫޅާލަން ސިފައިން ބާރުގެ ބޭނުން ކުރަން ފެށުމުންނެވެ.
މިގޮތުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ސިފައިންނަށް ދިން ޙަމަލާތަކުގައި ސިފައިންގެ މީހަކު މަރުވެފައި ވާއިރު 16 ސިފައިންގެ މީހަކު ވަނީ ޒަހަމްވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް