ހަބީބް އެޗްއާރުސީއެމްއަށް އައްޔަން ކުރަން ހިއުމަންރައިޓްސް ކޮމިޓީން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އަބްދުއްރަހީމް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް ހަމަޖެއްސުމަށްޓަކައި މަޖިލީހުގެ ތަޅުމުންވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް ހަބީބްގެ ނަން ފާސްކުރަން ޖެހޭނެއެވެ.އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ ހަބީބްގެ ނަން އެކަންޏެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް