ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު އިސްތިއުފާ ދެެއްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެެއްވައިފިއެވެ.

ޠާރިގުގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވަނީ ޔަގީންކޮށްދެއްވައިފައެވެ.

މަޖިލީހުގައި ދެވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ
ތޯރިގު އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ.

ނަމަވެސް އެ ނިންމެވުން ނިންމެވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ތޯރިގުގެ ބަހެއް ހޯދައިލަން ގުޅައިލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް