ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 6 މަހުގައި 62 ކިލޯގެ ޑްރަގް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp
Photo:mihaaru

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު އާންމު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސައިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 62 ވަރަކަށް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ

ކޮންމެ މަހެއްގެ މައްޗަށް 10 ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިތަކެތީގެ އިތުރުން ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގްސް ވެސް އަތުލައިގަނެފައިވާ ކަމަށާއ އެ ހުރިހާ އެއްޗެއްގެ މަގުމަތީގެ އަގު 143 މިލިއަން ރުފިޔާ އަރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. ބިދޭސީން ރާއްޖޭގެ ގާނޫނާ ޚިލާފުވީމާ ޖަލުގައި ބަންދުކޮށްގެން ޚަރަދު ލުރާނެ ކަމެއްނެތް. ކުރިމަތިވާނީ އިތުރު ބަލާވެރިކަން. ދުވަސްކޮޅަކުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ފިއްތުންތަކާ ކުރިމަތި ލާން ޖެހޭނީ. އަހަރެމެންވެސް ސިންގަޕޫރު ފެންވަރަށް މިނިވަންވީމާ އެހެންގޮތަކަށް ވިސްނާނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް