ވަގު ވިސާއެއްޖަހާފައިވާ ޕާސްޕޯޓެއްގައި ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު، ހުއްޓުވާ ޑީޕޯޓުކޮށްފި

Loading

Facebook
Twitter
WhatsApp

ވަގު ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން، އޮޅުވާލައިގެން ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓް ކޮށްފިއެވެ.

މިކަންހާމަކޮށް އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ފުރަން މަސައްކަތް ކުރި ބިދޭސީއަކު ހުއްޓުވާ އޭނާ ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ރާއްޖޭން ފުރަން މަސައްކަތް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި މައްސަލައިގައި އޭނާ ހުއްޓުވައި މިހާރު ޑީޕޯޓް ކޮށްފައިވާ ކަން ހާމަކޮށްފައިވީ ނަމަވެސް ބިދޭސީ މީހާއަކީ ކޮން ޤައުމެއްގެ މީހެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީން ހޯދައި އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް