މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަގުމަތީ ހިނގާލުން"މާދަމާ ހަވީރު

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ ”މަގުމަތީ ހިނގާލުން“ މާދަމާ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި މި ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހު (މާދަމާ)ގެ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ.

މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ދުވަހު ބާއްވަމުން އަންނަ ކުޅިވަރުތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް