ދޫނި ކޮއްޓެއްގައި ދެ މީހަކު ބަންދުކޮށްގެން އުޅުނު މައްސަލައެއް ފެންމަތިވެ،މައްސަލަ ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp
Photo:mihaaru

ދޫނި ގެންގުޅޭ ކޮއްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފެންމަތިވެ،ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ދޫނި ކޮއްޓެއްގައި ދެ ފިރިހެނަކު ބަންދުކޮށްފައި ތިބޭ މަންޒަރު ފެނެއެވެ. އެ ދެ މީހުންވެސް ތިބީ މަތިން އެއްޗެއް ނުލައެވެ. އަދި މި ވީޑިއޯއިން ފައިސާ ދޭނެ ކަމަށް އެތަނުން އެކަކު ބުނާ އަޑު އިވެއެވެ.  ބެލެވޭ ގޮތުގައި އެ ކޮށީގައި އެ މީހުން ބަންދުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ.

މިކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ އެ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް މިހާރު އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް