މިސުރުން ގެންނެވި މަޚުމާ ތާކިހަލުގެ އަނދިރި ފަރާތް

Loading

Facebook
Twitter
WhatsApp

ދިވެހީންގެ ތެރެއިން 1970 ގެ އަހަރުގެ ތެރޭގައި މިސުރުން ކިޔަވައިގެން އައި މައްޗަންގޮޅީ ކިނބިގަސްދޮށުގެ / ކާމިނިގޭ މައުމޫން ޢަބްދުލްޤައްޔޫމް (ފަހުން ރައީސް މައުމޫން) ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ކުރައްވަމުން އައި ވެރިކަން ކަމުނުގޮސްގެން ދިޔައީ އެކިއެކި ގޮތް ގޮތުން އެ ވެރިކަމަށް ފާޑު ކިޔައި އަދި ޢަމަލީ ގޮތުން އެވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެކިއެކި ބުރާސްފައްޗެވެ. ކުޑަ ބުރާސްފަތި ބޮޑު ބުރާސްފަތި ކަހަލަ ދުވަސް ދުވަހެވެ.

މިފަދަ ދުވަސްދުވަހުގެ ކަންތައް ހިނގަން މެދުވެރިވި ސަބަބާއި އެއިން ނިކުތް ނަތީޖާ މިހާރު އެނގެން ޖެހެއެވެ. ބޮޑު ބުރާސްފަތީގެ ހަރަކާތުގެ ސަބަބުން 50 ދުވަސްވަންދެން މައުމޫނަށް މާލޭ ޖަލުގައި (ޖުލައި 1974 އިން ސެޕްޓެމްބަރ 1974 އަށް) އޮންނަވަން ޖެހުނެވެ. ދިވެހިރާއްޖޭގެ ވެރިކަމާ ހެދިއެވެ.

އެގޮތުން 1972 ގައި ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ދިވެހިރާއްޖެއަށް ޓޫރިޒަމް ނުވަތަ ފަތުރުވެރިކަން ތަޢާރަފު ކުރެއްވުމުން ބަނގުރާ ވިއްކާ މީހާ، ބަނގުރާ އުފުލާ މީހާ، ބަނގުރަލުގެ ކަންކަމުގައި އުޅޭ ހުރިހާ އެންމެންނަކީ ކުށްވެރިންކަމުގައި މައުމޫން ވިދާޅުވިއެވެ. އެހެނީ އެކަން އިސްލާމީ ޝަރީޢަތުގައި އޮތީ މައުމޫން ވިދާޅުވި ގޮތަށެވެ.

މިދުވަސްވަރު ޝަރުޢީ ޙުކުމެއްގެ ދަށުން 21 މެއި 1973 އިން 13 އޮކްޓޯބަރ 1973 އަށް މައުމޫން ތިލަދުންމަތީ ދެކުނުބުރި މަކުނުދޫއަށް އަރުވާލާފާ ހުއްޓެވެ.

އެހެނަސް ރައީސް މައުމޫން 1978 ގައި ވެރިކަމަށް ވަޑައިގެން ވިދާޅުވީ ފަތުރުވެރިކަމަކީ ރަންބިސްއަޅާ ކުކުޅު ކަމަށާ އެކަމަށް ކުރާން ޖެހޭ ކަންކަމަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމުގައެވެ. އަދި ރައީސް މައުމޫންގެ ޒައާމަތުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އިޝޫ ކުރީ އެ ހުއްދައިގެ މަތީގައި “c“ ޖަހާފައެވެ.

1978 ނޮވެމްބަރުގައި ދިވެހިރާއްޖެއަށް ލިބުނު ވެރިކަމެވެ. މީސްތަކުން ތިބީ ނުހަނު އުފަލުންނެވެ. ދިވެހިރާއްޖެ ނުދެކޭފަދަ ޢިލްމުވެރިޔަކު ދިވެހި ސަންދާނުގައި ވެޑުވުނީތީ ވާނީ އެހެންތާއެވެ. ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެން ކުރަމުން އައީ ބިދުއަތަށް ހުއްޓުވުމަށް މަސައްކަތް ފެށިއްޖެއެވެ. ބައެއްކަންކަމަކީ ދިވެހީން ސަގާފަތުގެ ގޮތުގައި ކުރަމުން އައި ކަންކަމެވެ.

މިސާލަކަށް ކަނދި ދުވަސް ފަދަ ދުވަހުގެ ކަންކަމެވެ. ނުވަތަ ރަށްރަށުގައި ކިޔާ އުޅުނު ބޮޑު މާލޫދެވެ. ކަނދި ދުވަހުގައި ދީނީ ގޮތުން ކުރަމުން އައި ބިދުއަތައް ހުއްޓާލައި، ކަނދި ކައްކާ އެކަން ޕްރޮމޯޓް ކުރެވުނީހެވެ. އަދި ބޮޑު މައުލޫދު ކިޔުން ހުއްޓުނަސް، ކެއުން ކައްކައި އެ ކެއުމަށް އިންސާފު ކުރެވުނީހެވެ. އެފަދަކަންކަން އެގޮތަށް ކުރިނަމަ ރަށްރަށުގެ މެދުގައި އެކުވެރިކަން އާލާ ކުރެވުނީހެވެ. އެހެން ނަމަވެސް މިހާރު އެކަން ކުރާންވީ ދުވަސް ފާއިތު ވެއްޖެއެވެ.

އަދިވެސް އެހެން ވާހަކައެކެވެ. ދިވެހިރާއްޖޭން ބޭރުން ކިޔަވާ ވިދާޅުވެގެން ވަޑައިގެންނެވި ބޭފުޅުން، ޚާއްޞަކޮށް މިހާރުގެ މަހާރެހެންދި ސާޖިދާގެ ބައްޕާފުޅަށް ދެވުނު އަނިޔާއެވެ. މިސުރުން ކިޔަވައިގެން ވަޑައިގެންނެވި އެއްކަލަ މަޚުމާ ތާކިހަލުގެ ނިވަލުން ލިބުނު އަނިޔާއެވެ.

ބައެއް ދީނީ ޢިލްމްވެރިންގެ ތުނބުޅިފުޅު ބާލައި, ޗިލީ ސޯސް އުނގުޅުވީއެވެ. ތަހުގީގު ބަންދުގައި ބަހައްޓައިގެންނެވެ. މިއުޅެނީ ތުނބުޅި ބާލާފައި އާފްޓަރޝޭވް އުނގުޅީމާ ވެސް ދިލަނަގާވަރުންނެވެ. ޗިލީ ސޯސް އުނގުޅީމަ ވާނޭ ވަރު އިހުސާސް ކުރެވޭނެ ނޫންތޯއެވެ؟ ކިހާ ލަދުވެތި އަދި ހިތާމަވެރި ކަންކަންތޯއެވެ؟

ތިމާ ވެރިކަން ކުރުމަށްޓަކައި އަނެކުން ދީނީ ގޮތުން ބުނާ އެއްޗިހި ގޯސްކަމަށް ބުނެ އަނެކުންނަށް (ދެން ތިއްބެވި ބައެއް ޢިލްމްވެރިންނަށް) ދިން ހިތަށް ކުޅަދާނަ ނުވާ ވަރުގެ އަނިޔާތަކެވެ. ޝެއިޚް އަޙްމަދު އާދަމް އަކީވެސް އަނިޔާ ލިބިވަޑައިގަތް ދިނީ ޢިލްމްވެރީން ތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިހުންނަނީ އަދުގެ ޒުވާނުންނަށް އެނގެންޖެހޭ ކަންކަމެވެ.

ނޯޓް: މި ލިޔުމަށް ތާރީޚީ ބައެއް މައުލޫމާތު ދެއްވީ އަލްއަޚް މުޙައްމަދު ޝާޠިރެވެ.

Loading

2 Responses

  1. ލިޔަން ކެރިވަޑައިނުގެން ލިޔުއްވާފައި ވާލިޔުމެއް، އަހަރެން މިލިޔުން ކިޔަންފެށީ، މިކަންކަން އެނގިހުރުމާއެކުވެސް، ވަރަށް ތަފްޞިލީ ގޮތެއްގައި ލިޔުއްވާފައި ވާނެކަމަށް ދެކިގެންނެވެ. އެހެންނަމަވެސް ޝުކުރިއްޔާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް