ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން  އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ.

ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އުބާދަތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބަންދުގައި ބަހައްޓައިގެން 2024 ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.

މުޙައްމަދު އުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް