މާފުށީ ޖަލުން ގިނައަދަދެއްގެ ފޯނާއި ހަތަރުފުޅި ބަނގުރާ އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ހަތަރުފުޅި ބަނގުރާ އަތުލައިގެންފިއެވެ.

މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން، ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ހިމެނޭހެން 304 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި 183 ފުލުހަކާއި އެމްއެންޑީއެފްގެ 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މިއަދު މާފުށި ޖަލުގެ 8 ޔުނިޓެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ޔުނިޓުތަކުން 29 މޯބައިލް ފޯނު، 17 ޗާޖަރު، 12 ހެޑްސެޓް، 3 ޕެންޑްރައިވް، 3 އެއާޕޮޑް، 3 ކޭބަލް، 2 ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް