ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލޭން ދެ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ރޭ 19:51 އެހައިކަންހާއިރު ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު ކަމަށެވެ.  

އެގޮތުން ފުލުހުން ބުނީ އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލު ކުރުމުން ތުހުމަތުކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ޕިކަޕް ބަލާ ފާސްކޮށް ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 150 ފުޅިއާއި ފައިސާތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް