ދިވެހިންގެ އެހީގައި ޚިދުމަތް ޖަމިއްޔާއިން ޣައްޒާގައި އިތުރު މިސްކިތެއް ބިނާކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހި ރައްޔިތުންގެ އެހީގައި ޚިދުމަތް ޖަމިއްޔާގެ އިސްނެގުމުގެ މަތިން ފަލަސްޠީނުގެ ޣައްޒާގައި އިތުރު މިސްކިތެއް ބިނާކޮށްފިއެވެ.

މިކަންހާމަކޮށް ޚިދުމަތް ޖަމިއްޔާއިން މިއަދު ބުނީ މިއީ އެ ޖަމިއްޔާގެ ފަރާތުން ފަލަސްޠީނުގެ ޣައްޒާގައި ބިނާ ކުރި ދެ ވަނަ ވަގުތީ މިސްކިތް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާއިން ޣައްޒާގައި ބިނާކުރި ފުރަތަމަ ވަގުތީ މިސްކިތް މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުވާފައި ވާއިރު، ދެ ވަނައަށް ބިނާ ކުރި ވަގުތީ މިސްކިތް ހުޅުވާފައި މިވަނީ މި ހަފްތާގެ ތެރޭގައެވެ. މި ދެ މިސްކިތަކީވެސް 300 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތް ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

މި ދެ މިސްކިތްވެސް ބިނާކޮށްފައި ވަނީ ޚިދުމަތް ޖަމިއްޔާގެ ޣައްޒާ އެމަޖެންސީ ފަންޑަށް ދިވެހި ރައްޔިތުންގެ ފަރާތުން ފޮނުވާ ދީލަތި އެހީގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ ޣައްޒާގައި އެ ޖަމިއްޔާގެ ފަރާތުން މިހާރު ތިން ވަނަ މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މިސްކިތުގެ މަސައްކަތް މިހާރު ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށެވެ.

މިސްކިތް ބިނާ ކުރުމުގެ މަސައްކަތުގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މިދިޔަ ހަފްތާގައި ފަލަސްތީނުގެ ޣައްޒާއަށް ސާފު ބޯފެން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ ޑެއިލީ ފުޑް ޕެކޭޖް ޣައްޒާގެ 100-300 މީހުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިގޮތުން މި އަހަރުގެ ރޯދަ ވިއްލުން ޣައްޒާއަށް ފޯރުކޮށްދިން ގޮތަށް މެދު ކެނޑުމެއްނެތި ކޮންމެ ދުވަހަކު ޑެއިލީ ފުޑް ޕެކޭޖް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ މިފަދަ ދީލަތި އެހީތައް ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހުތުންނަށް ދާއިމަށް ފޯރުކޮށްދެވެން އޮތީ އެ ޖަމިއްޔާގެ ފަންޑަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީ ގިނައިން ލިބިގެން ކަމަށެވެ.

އެހީތެރިވެދެއްވުމަށް (އެމަރަޖެންސީ ފަންޑް)
ޚިދުމަތް- 7770000141499

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް