ގެއްލިގެން ހޯދި ފުވައްމުލަކު ޒުވާނާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އެވެ.

ފުލުހުން މީގެ ކުރިން ބުނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޢިޔާޝްގެ އާއިލާއަށް ޚަބަރެއްނުވާތީ އޭނާ ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިރޭ ބުނީ އަޙްމަދު ޢިޔާޝް ވަސީމް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ދީފައިވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް