މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫޑްރީމް ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.