ސޮނާކްޝީއާއި ޒަހީރު ކައިވެނިކޮށްފި

Loading

Facebook
Twitter
WhatsApp

ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ 37އ އާއި ޒަހީރު އިގްބާލް 35އ ކައިވެނިކޮށްފިއެވެ.

މި ދެ ތަރިން ކައިވެނި ކޮށްފައި ވަނީ އިއްޔެ މުމްބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން ސޮނާކްޝީ އާއި ޒަހީރު ވަނީ އެމީހުންގެ ކައިވެނީގެ ޚާއްސަ ވަގުތުކޮޅުގެ އުފާވެރި ފޮޓޯތައް އިންސްޓަގްރާމްގައި ޖޮއިންޓް ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ޕޯސްޓުގެ ކެޕްޝަންގައި ބުނީ ހަމަ މި ދުވަހު، މީގެ ހަތް އަހަރު ކުރިން (23.06.2017) އެކަކު އަނެކެއްގެ ލޮލުން، ލޯބި އެންމެ ސާފު ސިފައެއްގައި ފެނުމުން އޭގައި ހިފަހައްޓަން ނިންމީ ކަމަށެވެ.

ކައިވެނީގެ ފޮޓޯތަކުގައި ސޮނާކްޝީއާއި ޒަހީރު ތިބީ މެޗިން އައިވަރީ ހެދުމެއް ލައިގެންނެވެ.

ކައިވެނީގެ ހަފްލާގެ ޑެކަރޭޝަން ވެސް ވަނީ ސޮނާކްޝީއާއި ޒަހީރުގެ އައުޓްފިޓްތަކާ އެއްގޮތްވާހެން، ޕެސްޓަލް މާތަކަކުން ޒީނަތްތެރިކޮށްފައެވެ.

ސޮނާކްޝީގެ ބައްޕަ  ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރޫގާން ސިންހާ އާއި ޖަވާހިރުގެ ވިޔަފާރި ކުރާ މީހެއް ކަމަށްވާ ޒަހީރުގެ ބައްޕަ އިގްބާލް ރަތަންސީ ވެސް އެ ފޮޓޯތަކުން ފެނެއެވެ.

މި ހަފްލާގައި ބައިވެރިވެފައި ވަނީ ސޮނާކްޝީއާއި ޒަހީރުގެ އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިންނެވެ.

މީގެ އިތުރުން މި ދެ ތަރިންގެ ކައިވެނީގެ ހަފްލާއަށްފަހު ރެޑް ކާޕެޓާއި މާތަކާއި ފޮޓޯ ނެގުމަށް ޒީނަތްތެރި ފާރެއް ހިމެނޭ ގޮތަށް ޑެކަރޭޓުކޮށް ބޭއްވި ރިސެޕްޝަނުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް