މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް ގެއްލުންދޭން މަސައްކަތްކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް އެ މިސްކިތަށް ގެއްލުންދޭން މަސައްކަތްކޮށްފިއެވެ.

މިސްކިތުގެ ތަޅުގައި އަލިފާންރޯކޮށް ގެއްލުންދޭން މަސައްކަތް ކޮށްފައި ވަނީ މާލޭ ޖަމީލުދީދީ މިސްކިތަށެވެ.

ބެލެވޭގޮތުގައި މިކަންކޮށްފައި ވަނީ މިސްކިތުން ވައްކަން ކުރުމުގެ ބޭނުމުގައެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބުނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް އެ މިސްކިތަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާއިރު މާލޭ ސިޓީ ކައުންސިލުން މި ހަފްތާގައި ބުނީ މި ޖޫން މަހު އެކަނިވެސް މާލޭ ޢީދު މިސްކިތުން 10 ފަންކާއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް