ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

Loading

Facebook
Twitter
WhatsApp

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު މީހާ ހޯދުމަށްފަހު އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން ގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ ހިންގުމަށްފަހުއެވެ.

އެގޮތުން މި މައްސަލައިގައި ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ވަނީ ކުރިން ހައްޔަރުކޮށް ބަންދަށް 15 ދުވަސްޖަހާފައެވެ.

މީގެ އިތުރުން ދެވަނަ މީހާ އިއްޔެ ހަވީރު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.  

ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސީ ޖޫން 15 ވަނަ ދުވަހު ފަތިހު ހުޅުމާލެ 10 ނަންބަރު ފްލެޓު ކައިރީގައި މާރާމާރީއެއް ހިންގާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދަށް ސައިކަލެއްގައި ދިޔުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް