ޑިންގީއެއްގައި ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ލައްގައިފިއެވެ.
އެ މީހުން ލައްގާފައި ވަނީ ނ.ވަވަތި އަށެވެ.
މިކަންހާމަކޮށް ފުލުހުން ބުނީ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ސޯމާލިއާ ބަޔަކު ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމަށް ފުލުހުން ހާމަކުރެއެވެ.
ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.