ޙައްޖަށް ފޮނުވުމުގައި ވެސް ކަރަޕްޝަން

Loading

Facebook
Twitter
WhatsApp

ހައްޖުވެރިން އަތުން ނެގި ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވުނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށް ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ދިވެއްސަކު ބުނެފިއެވެ.

އެގޮތުން މި އަހަރު ރާއްޖެއިން ހައްޖަށްދިޔަކަން ހާމަކޮށް މުޙައްމަދު ނިޒާމްކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖެއިން އަންނަ އަހަރުގެ ހައްޖުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އޭނާ ދެކޭގޮތް ހާމަކޮށްފައެވެ.

ނިޒާމް ވަނީ ހައްޖުވެރިން ދެއްކި ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ތިންސަތޭކަ މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބިކަން ފާހަގަކުރެވުނު ކަމަށާއި ޓެންޓްތައް ހޫނުގަދަކަމުން ހީވަނީ އަވަނެއްހެން ކަމަށް ނިޒާމް ވަނީ ބުނެފައެވެ.

އަދި ފުރަތަމަ ދެދުވަހު ދިނީ (ބަންގާޅީ) ކެއުން ކަމަށާއި ދުވަސްވީ ގިނަމީހުންތިބީ އެ ދެ ދުވަހު ނުކައި ކާއެއްޗެހި ފޯރުކޮށްދެވެނީވެސް އެތައް އިރެއްފަހުން ކަމަށާއި ދިވެހިންނަށް މިނާގައި ޚިދުމަތް ދެވުނީ ’ސުމެއްގެ ރޭޓުން‘ ކަމަށް ނިޒާމް ވަނީ ބުނެފައެވެ.

އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީ ގޮތުން ކަންކަން އޮޅުންފިލާފައި ކޮންމެވެސް ވަރަކަށް އަރަބި ބަސް ދަންނަ ބަޔަކަށްވެ، ގޫގުލް މެޕް ފަދަ އާދައިގެ އެޕްލިކޭޝަންތަކާއި މަޝާއިރު ރޫޓްތައް ދަންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށް ނިޒާމް ވަނީ ފާހަގަކޮށްފައެވެ.

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ފުރިހަމަ ނަމަވެސް ނިޒާމް ވަނީ ބައެއް ފަހަރަށް ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ އިސްރާފުވިކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް އިންތިޒާމް ކުރެވޭނެ މެނޭޖުމަންޓެއް އެ ކޯޕަރޭޝަނަށް ގެންނަން ޖެހޭނެކަމަށް ނިޒާމް ވަނީ ބުނެފައެވެ.

ހަމަ އެހެންމެ ކޮންމެ މީހަކު ވެސް 85،000 ރުފިޔާ ދައްކައިގެން ހައްޖުގެ އަޅުކަމަށް ދާއިރު އެ އަގާ އެއް ފެންވަރުގެ ޚިދުމަތެއް ލިބޭނެ ކަމަށް އުއްމީދު ކުރާނެ ކަމަށް ނިޒާމް ވަނީ ބުނެފައެވެ.  

.

Loading

5 Responses

  1. ޝަހީމަކީ ފައިސާއާއި ޙެދި ބޫތުކައިފާހުރި ވިޔަފާރިވެރިއެކެވެ. ޒަކާތަކަސް ޙައްޖަކަސް މިސްކުތް އެޅިޔަސް ފައިސާގަޑެއް ދަމައިގަންނާނެއެވެ.

  2. އެއީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ކޮއްފައިވާ ކަންތައްތައް

  3. 100 ގެ ވާހަކައެއް ޝަހީމު އަންގަނީ މިހާ ފުރިހަމަ ހައްޖެއް ދިވެހިން ނުކުރާކަމަށް

  4. އެމިނިސްޓްރީ އުވާލެވިގެން މި ޕާޓީ ފިތުނަ ގުޅުން ސަލާމަތްވާނީ. ކޮންމެ ޕާޓީއެއްގެ ދެއަތް އެތަނަށް ވަނަސް އިސްލާމް ދީން އޮޅުވާލައި ދިވެހީންގެ މެދުގައި ފިތުނަ އުފައްދަން ހުޅުވިފައިވާ ދޮރެއް އެއީ. އަވަހަށް އެތަން އުވާލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް