ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

Loading

Facebook
Twitter
WhatsApp

ސަރުކާރުން ފައިސާ ދޫކުރުމަށް ޝަރުޠު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ހިމެނޭއިރު ފައިސާ ދޫކޮށްފައި ވަނީ އޭގެ ތެރެއިން ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށެވެ.

އީސީން ބުނީ މި އަހަރަށް ބަޖެޓު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ 6 ޕާޓީ އެއްގައި ކަމަށެވެ. އެއީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީއެވެ.

އެގޮތުން މި ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި ވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުން 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާއެވެ.

އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ އަދި ޖޭޕީއަށް 5.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

މީގެ އިތުރުން އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާ،ޕީއެންސީއަށް 8.0 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

Loading

One Response

  1. ހާދަހާ ދެރަކަމެކޭ. މި ފިތުނަ ޖާޑިތަކަށް ދަރަނިބޯ މިގައުމުގެ ރައްޔަތުން ފެލައިގެން ފައިސާ މި ނަގަނީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް