ވާންއުޅޭ ފިރިމީހާ ޒަހީރުގެ އާއިލާއާ ސޮނާކްޝީ ބައްދަލުކޮށްފި

Loading

Facebook
Twitter
WhatsApp

ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ 37އ އާއި ޒަހީރު އިގްބާލް 35އ މި މަހުގެ 23 ވަނަ ދުވަހު ކައިވެނި ކުރަން ހަމަޖެހިފައި ވާއިރު، ބަތަލާ ވަނީ އިއްޔެ ޒަހީރުގެ އާއިލާއާ ބައްދަލުކޮށް ވަގުތު ހޭދަ ކޮށްފައެވެ.

ޒަހީރުގެ ކޮއްކޮ، ސެލެބްރިޓީ ސްޓައިލިސްޓް ސަނަމް ރަތަންސީ ވަނީ މި ހާއްސަ ވަގުތުކޮޅު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގައި ޒަހިރުއާއި އޭނާގެ މައިންބަފައިންނާއި ކޮއްކޮ ސަނަމް ރަތަންސީއާ އެކު ސޮނާކްޝީ ހުރީ އުފާވެރި ހިނިތުންވުމެއްގައެވެ. މި ފޮޓޯ ސަނަމް ރަތަންސީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައި ވަނީ ހިތުގެ އިމޯޖީއަކާއެކުއެވެ.

ސޮނާކްޝީގެ ބައްޕައަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާއެވެ.

ޒަހީރުގެ ބައްޕައަކީ ޖަވާހިރު ވިއްކާ ވިޔަފާރިވެރިއެކެވެ.  އަދި އޭނާގެ އަންހެން ކޮއްކޮ ސަނަމް ރަތަންސީއަކީ މަޝްހޫރު ސެލެބްރިޓީ ސްޓައިލިސްޓެކެވެ.  ސަނަމް ވަނީ ސޮނާކްޝީ ހިމެނޭހެން ހީރަމަންޑީގެ ގިނަ ފަންނާނުންތަކެއް ސްޓައިލްކޮށްފައެވެ.

ޒަހީރުއާއި ސޮނާކްޝީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށްދީފައި ވަނީ 2022 ވަނަ އަހަރުއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ދެ މީހުންގެ ކައިވެނި ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު މުމްބާއީގެ ދަދާރުގެ ބަސްޓިއަން އެޓް ދަ ޓޮޕްގަ އެވެ.

ނަމަވެސް މީޑިއާގައި ދައުރުވަމުން އަންނަ އޭނާގެ ކައިވެނީގެ ޚަބަރުތަކަށް ރައްދުދީ ސޮނާކްޝީ މީގެ ދެތިން ދުވަސް ކުރިން ބުނީ މީގެ ކުރިންވެސް އޭނާގެ ކައިވެންޏާ ގުޅިގެން މީޑިއާތަކުން ދޮގު ޚަބަރުތައް ފަތުރާފައިވާ ކަމަށާއި ޒާތީ ދިރިއުޅުމުގެ ކަންކަން ހާއްސަކޮށް ކައިވެނީގެ ކަންކަމަކީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކައިވެނި ކުރާނެ ތާރީޚު ކަނޑައަޅާނީ އޭނާ އަމިއްލައަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް