ޖުމްހުރީ މައިދާނުގައި ހުރި ޢީދު ލައިޓުތަކެއްގެ ކޭބަލް ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

މި ފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް ޢީދު ލައިޓުތަކުގެ ކޭބަލް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.   

ވަގަށް ނަގާފައި ވަނީ މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ސިޓީ ކައުންސިލުން މިރޭގެ އިރާކޮޅު ޖުމްހޫރީ މައިދާނުގައި ހަރުކޮށްފައިވާ ބައެއް ބޮކީގެ ކޭބަލްއެވެ.

މިކަން ހާމަކޮށް އެ ކައުންސިލުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ  ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ނިމިދިޔަ ފިޠުރު ޢީދެކޭ އެއްގޮތަށް މި ފަހަރުގެ އަޟްހާ ޢީދުގައިވެސް މާލޭ ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގައި ވެރިކަން ކުރާ ހުރިހާ ރަށްތައް ވަނީ ދިއްލާލާފައެވެ.

Loading

One Response

  1. Thiyakuranee kudakamehnooneve keybalthah konegen gendhaairu male balahattaapolihunnaai sifain kobaiheyyeve mivarukanthah kurAiru kommeves ebbayakah fennanvaaneeve

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް