ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސްހުރި ދިވެހި ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.
މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވެފައި ވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ޢުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާ ކަމަށެވެ.
އެގޮތުން އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ޙަރާމްގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.