މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި 

Loading

Facebook
Twitter
WhatsApp

ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

 މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ. 

މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މި ޚިދުމަތް ފައްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެ ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ..

ރިޔާސީ ކެންޕެއިންގައި އެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، އޭގެ ފަހުން ’ރައީސްގެ ޖަވާބު‘ ސިލްސިލާގައި، 15 ފެބްރުވަރީ 2024 ގައި، ‏ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު، ރައީސް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނެ ތާރީޚަކާ ބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، މި އަހަރު ވީހާވެސް އަވަހަކަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރައްވައި، ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުޞޫލުތައް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ވަނީ ފައްޓަވައިފައެވެ. އަދި މި ވޭތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް މިކަމުގައި ވަނީ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް