ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓެއްގައި 7 މީހަކަށް ފަރުވާދެނީ!

Loading

Facebook
Twitter
WhatsApp

ހުޅުލެ ނެރު ކައިރިން މިރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 7 މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. 

މެރިން ފުލުހުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ މިރޭ 11 ޖަހާ އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުމާއި ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓްގައި 7 މީހަކަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މީގެ އިތުރުން މެރިން ފުލުހުން ބުނީ މި މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް