މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައިފިއެވެ. 

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޤަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންގެ ނަންތައް އިއުލާނުކޮށް އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި މި ނަންތަކަށް ވޯޓަށް އަހާނެ ކަމަށެވެ. 

1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަސް

2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މެދުނުކެނޑި 15 އަހަރު

3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް – މެދުނުކެނޑި 15 އަހަރު

4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މެދުނުކެނޑި 15 އަހަރު

5. މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް މެދުނުކެނޑި 15 އަހަރު

ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ސިޔާމް އާއި ޤާސިމް އާއި ސަލީމް އަދި އަބްދުލްޣަފޫރު މޫސާ ވަނީ މީގެ ކުރީ ދައުރުގައި ވެސް ރިޔާސަތު ބަލަހައްޓަވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް