މިޔަރެއް ހަމަލާދީގެން ހާލު ސީރިއަސްވި ސިފައިންގެ މީހާ ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

އެމްއެންޑީއެފްގެ ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް މިޔަރެއް ހަމަލާދީގެން ހާލު ސީރިއަސްވި ސިފައިންގެ މީހާ ނިޔާ ވެއްޖެއެވެ. 

މިކަންހާމަކޮށް އެމްއެންޑީއެފުން ދެންމެ ބުނީ ލ.ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެފައި ވަނީ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން (ރ.އުނގޫފާރު/ނިއުލައިފް) ކަމަށެވެ. 

ޒައިދާން ނިޔާވެފައި ވަނީ އޭނާއަށް ލިބުނު ޒަހަމްތަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 20:40 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައި ވަނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށެވެ.  އަދި އެ ހަމަލާގެ ސަބަބުން އޭނާގެ ގައިން ވަރަށް ބައިވަރު ލޭ ވަނީ ހުސްވެފައެވެ. 

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް