އަހްމަދީންޖާދް އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވައިފި

Loading

Facebook
Twitter
WhatsApp

އީރާންގެ ކުރީގެ ރައީސް މަހްމޫދް އަހްމަދީންޖާދު އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވައިފިއެވެ. އީރާންގެ ރިޔާސީ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެއީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ އެއްގައި ރައީސް އިބްރާހީމް ރައީސީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

އަހްމަދީންޖާދު ރައީސް ކަމަށް ކުރިތި ލެއްވިނަމަވެސް އީރާންގައި އޮންނަ ދަންނަ ބޭކަލުންގެ މައްޗަށް އެކުލެވޭ ގާޑިއަން މޮމިޓީން ފާސްކުރާ ލިސްޓް ޖޫން 11 ވަނަ ދުވަހު ނެރޭއިރު ލިސްޓުގައި ނުހިމެނުމަކީވެސް ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އީރާންގެ ޚާއްސަ ރިވިލިއުޝަނަރީ ގާޑްސް ގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަހްމަދީންޖާދް ފުރަތަމަ ރައީސްކަމަށް ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. އަދި ދެޓާމް ހަމަ ކުރެއްވުމަށް ފަހު 2013 ގައި ވަކިވެ ވަޑައިގެންފައި ވެއެވެ.

2017 ވަނަ އަހަރުވެސް އަހްމަދީންޖާދް ރައީސް ކަމަށް ކުރިމަތި ލެއްވިއެވެ. ނަމަވެސް އަހްމަދީންޖާދް ރައީސްކަމަށް ވަޑައިގަންނަވައިގެން އޭނާއަށްވެސް ގައުމަށްވެސް ހެވެއް ނެތް ކަމަށް ބުނެ ގާޑިއަން ކައުންސިލުން ވަނީ ކެންޑިޑޭޓުންގެ ލިސްޓުން އެނަންފުޅު އުނި ކޮށްފައެވެ. އެއަށް ފަހު އަހްމަދީންޖާދް ގެންދަވަނީ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ބާރާ ނުފުޒޫ މާގަދަ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި ހަގީގީ މާނައިގައި މިނިވަން އިންތިޚާބެއް ބާއްވާ ދެއްވުމަށް އެދި ވަޑައިގެން 2018 ވަނަ އަހަރު ޚާމަނާއީ އަށް ސިޓީ ވެސް ލިއުއްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް