ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ 

Loading

Facebook
Twitter
WhatsApp

އދ. ދަނގެތީ ކައިރީގައި މޫދަށް ފައިބައިގެން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ. 

ފުލުހުން ބުނީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ހެނދުނު 07:55 ހާއިރު ކަމަށާއި ލޯންޗުގައި ޖެހުނު މީހާ އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. 

މި ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ އަކީ ފ. ފީއަލީ ފާނާ މަސްވެރިކަންކުރާ ދޯންޏެއް ކަމަށްވާ ”ޓްވިންސް“ ދޯނީގައި ބަޔަކާއި އެކު މަހަށް ނިކުމެ އުޅުނު މީހެއެވެ.

މިގޮތުން އެ މީހާ ގައިގައި ޖެހުނީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ކަމަށާއި ޒަހަމްވި ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް