މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ   

Loading

Facebook
Twitter
WhatsApp

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި، ނައިޓްރޯސް، އުމުރުން 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީއެވެ. 

އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ވ.ނާލީސްއެވެ. 

ޒޯޔާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ. 

އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. 

މިކަމާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް