އިންޑިއާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަނީ

Loading

Facebook
Twitter
WhatsApp

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު އެވެ. 

ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް އިސްވެ އިންޑީއާއިން ހުށަހަޅާފައިވާ ކަމަށާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ޤާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ވެސް ހުޅުވާލައްވާފައި ކަމަށެވެ. 

”އަޅުގަނޑު ވަރަށް ފަހުން އިންޑިއާއާއެކު ކުރި މަޝްވަރާތަކެއްގައި ހަމަ އެބޭފުޅުން އިސްވެ ބޭނުންވޭ ދިވެހި ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން ހަމަ ސައުތު އޭޝިއަން ފްރީ ޓްރޭޑް (ސަފްޓާ)ގެ އިތުރަށްވެސް“ މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން ވީހާ ވެސް ގިނަ ޤައުމުތަކާ އެކު، ވިޔަފާރީގެ ފަސޭހަގޮތްތައް ހޯދުމަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. 

Loading

One Response

  1. މިބޭފުޅާ ތަންކޮޅެއް އަނގަ ގަދަކަމަށް ފެންނަނީ. މުޅި ދުނިޔެއިން ފްރީ ޓްރޭޑާއި އަމިއްލަ ފައިސާ ބޭނުން ކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިއަށް މަގު ހުޅުވޭތޯ މަސައްަތް ކުރަމުން ގެންދާއިރު މި ބޭފުޅާއަށް ނޭންގި ނަމަވެސް ކްރެޑިޓް މި ދެއްވަނީ އެހެން ގައުމުތަކަށް. މި ބާވަތުގެ ހުށައެޅުންތައް އަމިއްލައަށް ހުށައަޅައިގެން މަސައްކަތް ކުރަން ނުވިސްނެނީ ބާވައޭ ހިތަށް އަރާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް