ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް މިއަދު ނެގީ މަރުވެފައި އޮތް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނު އަންހެން މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
ސިނަމާލެ ބްރިޖާއި ދިމާ ކަނޑުމަތިން އެ މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:35 އެހާކަން ހާއިރު އެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.