ހއ.އަތޮޅުން ވ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

Loading

Facebook
Twitter
WhatsApp

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރު ނެރެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ އޮރެންޖު އިންޒާރު ނެރެފައިވަނީ މިއަދު 11:15 އިން ފެށިގެން 15:15 އާ ހަމައަށް ކަމަށެވެ.

މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މީގެއިތުރުން ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކޮށް ގުގުރައި، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ލަފާކޮށްފައެވެ.

އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް