އެޗްޑީސީގެ ޗެއާމަންގެ މަޤާމުން ޒުހޫރު ވަކިކޮށްފި 

Loading

Facebook
Twitter
WhatsApp

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަޤާމުން ވަކިކޮށްފިއެވެ.

މިކަންހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން ބުނީ އެޗްޑީސީގެ ޗެއާމަންކަމުގައި ހުންނެވި ޒުހޫރު އެ މަޤާމުންނާއި އެޗްޑީސީގެ ބޯޑު ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ޒުހޫރު މަޤާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. 

އެ މަޤާމުން ޒުހޫރު ވަކިކޮށްފައިވާއިރު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހުވެސް ވަނީ އިއްޔެ އެ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ތައުފީގު ވެސް ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.

Loading

2 Responses

  1. ހިންގުންތެރިކަން ދެނެގަތުމަށް ބާއްވާ ކުރު ކޯސްތަކެއް. ފާސްވާމީހުންނަށް މަގާމުގެ ކުރިއެރުން ދެއްވާނެ.

  2. މިނިސްޓަރު އެމް.ޑީގެ އާއި އެކު ކުންފުނީގެ ޗެއަރމަން ކިހިނެއްތޯ މަސައްކަތްކުރާނީ؟ ޗެއަރމެން ކޯޑިނޭޓަރ ފެންވަރުގައި. އެތަނުގެ އެމް.ޑީ މިނިސްޓަރ ފެންވަރުގައި. ބޯހަލާކު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް