މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތައުފީޤް އެ މަޤާމުން ވަކި ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ އެމްޑީ ކަމުން ފާޠިމަތު ތައުފީޤް ވަނީ ވަކިކޮށްފައެވެ. ނަމަވެސް އެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ ކީއްވެގެންކަން އެނގިފައެއް ނުވެއެވެ.
އޭނާ އެ މަޤާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ އެ މަޤާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން އައިޝަތު ނޫރައިން ޖަނާހު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާދީފައެވެ.