ސީއީއޯގެ މަޤާމުން އިއްޔެ ވަކި ކުރި ސަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

Loading

Facebook
Twitter
WhatsApp

މިފްކޯގެ ސީއީއޯގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުގެ މަޤާމުން އިއްޔެ ވަކި ކުރި އަހުމަދު ސަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ސަމާހު އައްޔަންކޮށްފައި ވަނީ މިއަދު އެވެ. 

ސަމާހު ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކޮށްފައި ވާއިރު، އިއްޔެ އޭނާ މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ. އަދި އޭނާ މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ވަކިކުރި އިރު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 18 މާރޗްގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަމާއި ގުޅޭގޮތުން އޭރު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯޕަރޭޓް ގަވަނެންސްއާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅުމާ ގުޅިގެން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް