ޓްވިންކަލް އާއި ކައިވެނި ކުރެވުމަކީ ލިބުނު ބޮޑު ނަސީބެއް:އަކްޝޭ

Loading

Facebook
Twitter
WhatsApp

އަނބިމީހާ ޓްވިންކަލް ކަންނާއާއި ކައިވެނި ކުރެވުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ބޮލީވުޑްގެ ސްޓާރު އަކްޝޭ ކުމާރު ބުނެފިއެވެ. 

އަކްޝޭ މިހެން ބުނެފައި ވަނީ ދާދި ފަހުން ދެއްކި ޗެޓް ޝޯއެއްގައި އަނބިމީހާ ޓްވިންކަލް ކަންނާއަށް ތައުރީފުކޮށް ވާހަކަދައްކަމުންނެވެ. 

އެ އެޕިސޯޑުގައި އޭނާ ވަނީ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާގެ ބުއްދިވެރިކަމާއި އޭނާއާ ކައިވެނި ކުރަން ލިބުމުން އެއީ ނަސީބެއް ކަމަށް ސިފަ ކޮށްފައެވެ. 

އެގޮތުން އަކްޝޭގެ އަންހެން ދަރިފުޅު ނިތާރާ 11އ އަށް ތައުރީފު ކުރަމުން އަކްޝޭ ބުނީ ނިތާރާއަށް ބުއްދިވެރިކަން ލިބިފައިވަނީ ޓްވިންކަލްގެ ފަރާތުން ކަމަށެވެ. 

އެ ޝޯގައި ވާހަކަދައްކަމުން އަކްޝޭ ވަނީ އޭނާއަކީ މާމައްޗަށް ކިޔަވާފައިވާ މީހެން ނޫން ކަމަށާއި ޓްވިންކަލް އަކީ ކިޔަވައިގެން ހުރި ބުއްދިވެރިއެއްކަން ފާހަގަކޮށްފައެވެ. 

އަކްޝޭ އިތުރަށް ބުނީ، މަސައްކަތަށް ދާއިރު ޓްވިންކަލް ވަނީ އެ ދެމީހުންގެ ދެ ދަރިން، އާރަވް 21އ އާއި ނިތާރާ 11އ ރަނގަޅަށް ބަލަހައްޓާފައި ކަމަށެވެ. 

ސުޕަސްޓާ ރާޖޭޝް ކަންނާގެ އަންހެން ދަރިފުޅާ ކައިވެނި ކުރެވުނީ ނަސީބު ރަނގަޅު ކަމުން ކަމަށާއި ދިރިއުޅުމުގައި ރަނގަޅު ބައިވެރިޔަކު ލިބިއްޖެ ނަމަ ދެން އެމީހެއްގެ ދިރިއުޅުން ފުރިހަމަވީ ކަމަށް އަކްޝޭވަނީ ބުނެފައެވެ.   

މީގެ އިތުރުން އަކްޝޭ ބުނީ ޓްވިންކަލް މިއަދުވެސް ދިރިއުޅުމަށް ބަލާ ގޮތާމެދު ހައިރާންވާ ކަމަށާއި މިހާރު އުމުރުން 50 އަހަރު ވެފައިވާއިރު އަދިވެސް ކިޔަވާ ކަމަށެވެ.

 މިގޮތުން ޓްވިންކަލް މާސްޓާސް ނިންމާފައި މިހާރު ޕީއެޗްޑީ ހަދަމުން އަންނަކަން އަކްޝޭ ވަނީ ހާމަކޮށްފައެވެ. 

ޓްވިންކަލް ވަނީ 2015 ވަނަ އަހަރު އޭނާގެ ފުރަތަމަ ނޮން ފިކްޝަން ފޮތް ”މިސިސް ފަނީބޯންސް“ ނެރެފައެވެ. އަދި 2022 ވަނަ އަހަރު ޓްވިންކަލް ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގެ ގޯލްޑްސްމިތްސް އިން ފިކްޝަން ރައިޓިން އިން މާސްޓާސް ހާސިލް ކުރަން ފަށާފައެވެ. އެހެންކަމުން ޓްވިންކަލް ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ދެ ކުދިންނާއެކު ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަކްޝޭ އޭނާގެ ބިޒީ ޝެޑިއުލްގެ ތެރެއިން ވަގުތު ހޯދައިގެން އާއިލާއަށް ޒިޔާރަތްކޮށް އެމީހުންނާއެކު ވަގުތު ހޭދަ ކުރެއެވެ. 

އަކްޝޭ ކުމާރާއި ޓްވިންކަލްގެ ކައިވެންޏަށް މި އަހަރު ވަނީ 23 އަހަރު ފުރިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް