އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވަނީ, އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށެވެ.

އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން އަވަހާރަވުމުން ރައީސް ޑރ.މުޢިއްޒު ވަނީ އެ ގައުމުގެ ނައިބު ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ވެސް. ފޮނުއްވައިފައެވެ.

ރައީސްގެ މެސެޖުގައި ވަނީ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީގެ ކުއްލި ވަކިވެދިއުމަކީ އީރާނުގެ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާނެކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި އިސްލާމީ އަސްލުތައް ހިފެހެއްޓުމުގައި ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ ކަންކަމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ގޮތް ނިންމެވުމުގެ ސަބަބުން ހިތްތަކަށް ފިނިކަން ގެނުވައި އެތައް ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ އިރާނުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ފޮނުއްވައި ވަކިވެދިޔަ ފަރާތްތަކުގެ ފުރާނަފުޅަށް ރަޙުމަތްލައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް