މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީއަށް ފުރާވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއާއަށް ފުރާ ވަޑައިގެންފިއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންއިން ކުރަމުންދާނެ ކަމަށެވެ. 

ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި ހިމެނެނީ 7 ފަރާތެކެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ހިމެނޭ ކަމަށެވެ. 

ޙައްޖު މިޝަންގައި މިއަހަރު ހިމެނި ވަޑައިގަންނަވަނީ

އުސާމް މުޙައްމަދު

މުޙައްމަދު ޝަކީލް

ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ

މުޙައްމަދު ރަމީޒް

އަޙްމަދު ޢަދީލް

ޢަބްދުލް ޢަޒީޒު އިސްމާޢީލް

ޖަންނަތު ސަޢީދު

ޒަމްޢަތު އަޙްމަދު ވަޙީދު

އިބްރާހީމް އަކްމަލް

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން  ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް