މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު 14:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެ މީހާ ފެނިފައިވަނީ މާފަންނު ރަބީއުވިލާ ގެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.