ފަޅުރަށަކުން ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކެއް ހޯދައިފި

Loading

Facebook
Twitter
WhatsApp

ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއި ފުޅިތަކެއް ހޯދައި ފިއެވެ. 

ގާއެރިފަރުން ބަނގުރާ ހޯދާފައި ވަނީ އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައި ފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައި ވެއެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

މި މައްސަލައިގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރުން ވަނީ 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ހައްޔަރު ކޮށްފައެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 28 ރަބަރު ޕެކެޓު ވަނީ އެ މީހުން ދިރިއުޅޭ ގެއިން ފެނިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް