މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޯލްޑިވްސް މީީޓިއޮރޮލިޖިކަލް ސަރވިސްއިން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު އިންޒާރު ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާ ހަމައަށެވެ.
“ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ.“މީީޓިއޮރޮލިޖިކަލް ސަރވިސްއިން ބުންޏެވެ.
މީީޓިއޮރޮލިޖިކަލް ސަރވިސްއިން ވަނީ ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
ސަމާލު ނެރެފައިވަނީ މިރޭ 00:00 އާ ހަމައަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.