ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅު ތެދުވެރި ކަމަށާއި އަދި އޭގެ ފައިދާ ކުރަނީ ގައުމަށް ކަމަށް އިގުތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު ވިދާޅުވީ މިހާރު ފައިސާ ޗާޕްކޮށް ވާނުވާގައި ދައުލަތުގެ
މާލީ ހާލަތު އޮންނާކަށެއް, ރައީސް ޑރ.މުޢިއްޒު ދޫކޮށެއްނުލައްވާ ކަމަށެވެ. އަދި ގައުމު 200 މިލިއަން ޑޮލަރަށް ބޭނުންޖެހި “ޑިޒައިންކުރި ގޮތައް“ ބަނގުރޫޓުވާކަށް ވެސް ދޫކޮށެއްނުލައްވާ ކަމަށެވެ.
“ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ތެދުވެރި، ހިންގުންތެރި އަދި އޭގެ ފައިދާ ކުރަނީ ގައުމަށް“
މީގެއިތުރުން ސަޢީދު ވިދާޅުވީ ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެ ހޭދަކުރި ފުރަތަމަ 6 މަހަކީ ކާމިޔާބު އަދި އިގުތިސާދަށް އިތުބާރާއި ކުރިއެރުން ގެނެސްދެއްވި 6 މަސް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެއްނެވިއިރު ރާއްޖެ ވެއްޓިފައި އޮތް ނުރައްކާތެރި ހާލަތު, އެމަނިކުފާނު ވަނީ ބަދަލުކުރައްވާފައި ކަމަށެވެ.
މި ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓާލައިފައިވާ ކަމަށް ރައީސް ޑރ.މުޢިއްޒު މިދިޔަ ޑިސެމްބަރުގައި ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުން ކަންކަން މެނޭޖުކުރަން ކުރި އެއްކަމަކީ ފައިސާ ޗާޕުކުރުން ކަމަށާއި ޗާޕުކުރުމުގައި ވެސް އިންތިހާއަށް ބޮއްސުންލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއެވެ.
ނަމަވެސް އޭގެ ކުރިން ދިޔަ ހުރިހާ ވެރިކަމެއްގައިި ނުވަތަ އޭގެ ކުރީގެ 40 އަހަރުގައި ޗާޕުކުރި އަދަދަކީ 6 ބިލިއަން ރުފިޔާއެވެ.
One Response
މިހާރު ތިޔޮށް ލޯނު ނަގަން ފެށީއެއްނޫންތޯ!!!ޗާޕުނުކުރިއްޔާ ނިމުނީތަ!