ވާނުވާ ޖަހައި ބަންދުކޮށްފައި އެތިބަ އިންސާނުންނަކީ ޖަނަވާރުން ކަމަށް ކަރެކްޝަނަށް ހިވަނީބާ!

Loading

Facebook
Twitter
WhatsApp

ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުގައި ވަކި ހަމަތަކަކާ ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮންނާން ވާނެކަމަށް އިންސާނީ ނަޒަރަކުން ވިސްނާލާއިރު ގަބޫލުކުރަން އެބަޖެހެއެވެ. މާފުށީ ޖަލުގައި ވާނުވާޖަހާފައިވާ މީހުން ތިބެނީ ކަރަންޓު ވެސް ނެތްތަނެއްގައި ކަމަށް ޢާއިލާތަކުން ބުނެއެވެ.

އެހެންކަމާއެކު ފަންކާގެ ވައި ނުލިބި ގޮޅިތެރޭގައި ހޫނުގަދަވުމުގެ ސަބަބުން ހަމުގެ ބަލިތައް އިތުރުވަމުންދާކަމަށް ވެސް ވާނުވާގައި ތިބި މީހުންނާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ. ކޮންމެއަކަސް ކުނަލަކާއެކު ތަޅުންގަނޑުތަކަށް އުކާލެވިފައިވާ މިފަދަ މީހުންނާމެދު ކަރެކްޝަނުން ޢަމަލުކުރަނީ ޖަލުގައި ތިބޭ ގައިދީންނާ މުޅީން ތަދާތު ގޮތަކަށެވެ.

ވާނުވާގައި މިދެންނެވިފަދަ ވޭނުގައި އެކަށޭނެ ބޭސްފަރުވާ ނުލިބި ފަސް ހައަހަރަށްވުރެ ގިނަދުވަސްވީ އިންސާނުން ޖަލުގައި އެބަ އުޅެވެ. މީގެތެރެއިން ބައެއް އިންސާނުން ވާނުވާގައި ޝަރީއަތް ނުނިމި ތިއްބައި އެވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްގެން އިންސާނުން ގެންގުޅުގައި ވަކި ޙައްދެއް ވެސް އޮންނާންވާނެތާއެވެ.

ކުށް ކުރާނީ އިންސާނުންތާއެވެ. އެހެނަސް ކުށް ކުރާ އިންސާނާ އަށް މިފަދަ ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމަކީ އެއްވެސް ގާނޫނެއް ހުއްދަ ކުރާނެ ހަމައެއް ކަމަކަށް ނުދެކެމެވެ. ވާނުވާ ޖަހަނީ އެމީހުން މުޖުތަމަޢަށް ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ގެއްލުންވާނެކަމަށް ބުނެއެވެ. ވާނުވާނުވާގައި ތިބި މީހުންގެ ބައެއް ޢާއިލާތަކުން ބުނަނީ ވާނުވާޖަހާ ޖަލަށްލުމަށްފަހު އެމީހުނަށް އެލިބޭ ވޭންދެނިވި އަނިޔާތަކަށްވުރެ މަރާލުން ވެސް މާރަނގަޅުކަމުގައެވެ.

އިސްލާމީ މުޖުތަމައެއްގެ ތެރޭގައި އިންސާނުން ޖަލުތަކުގައި ބަންދު ކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދަ ހަމަތަކެއްގެ މައްޗަށެވެ. ކުށެއްކުރުމާއެކު އެމީހާ މުޖުތަމަޢުން އެކަހަރި ކުރެވުނުނަމަވެސް އޭނާ އަށް އެހެނިހެން އިންސާނުންނަށް ލިބޭފަދަ ހުރިހާ އަސާސީ ޙައްގު ތައް ކަށަވަރުވާން ޖެހޭނެއެވެ. އެއީ އިސްލާމްދީން ގޮވާލާފައި ވަނީ އެފަދައިންނެވެ.

އިސްލާމްދީނަކީ އަނިޔާވެރި ޢަމަލުތަކުން މިންޖުވެގެންވާ ދީނަކަށްވާތީ ކުށެއް ކުރެވުނަސް އިސްލާމީ ގާނޫނަކުން ކަނޑަނާޅާ އަނިޔާއެއް މުސްލިމް އުންމަތެއްގެ މުސްލިމް އިންސާނެއްގެ މައްޗަށް ތަންފީޒުކުރުމަކީ ބޮޑުވެގެންވާ ކުށަކަށް މެނުވީ ނުވާނެއެވެ. ވާނުވާގައި ޖަލު ބަންދުކުރެވިފައިވާ އެންމެންގެ މައްސަލަތަށް ބަލަނީ ހަމައެކަނި މާލޭ ކޯޓަކުން ނޫނެވެ.

އެހެންކަމާއެކު މާލޭގެ ކޯޓްތަކުގައި ވަސީލްތްތަކާއި ޖާގައިގެ ގޮތުން ދަތިވި ނަމަވެސް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކުން ބަލަމުންއަންނަ މައްސަލަތަކަށް ހުރަސްއެޅެންވީ ސަބަބެއްނެތެވެ. އެހެނެއްކަމަކު ދަމަކުން ބަޑިއެއްޖަހާލައޭ ބުނާހެންވެސް ވާނުވާގައި ތިބި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކުން ބަލާ މިފަދަ މައްސަލަތަށްވެސް މާލޭ ކޯޓެކޭ ތަފާތެއްނޫނެވެ.

ވާނުވާގައި ތިބޭތީ ދާއިމީ ބޭސްފަރުވާވެސް ހިތަށް އެރުމާއެކު މެދުކަނޑާލައެވެ. އެކަށޭނެ ފަރުވާދޭނެ ޑޮކްޓަރުން ޖަލުތަކުގައި ނެތީ ކޮންފަރާތެއްގެ އިހުމާލުންތޯވެސް އެގެން އެބަ ޖެހެއެވެ. ޖަލަށްލާފައި ހުއްޓަސް ބަލިވެއްޖެނަމަ ލިބެންޖެެހޭ އެންމެ ފުރިިހަމަ ސިއްޙީ ބޭސް ފަރުވާ ދެވޭނެ ނިޒާމެއް ވާނުވާޖަހާން އަމުރުކުރި ފަރާތުން ގާއިމްކޮށްދޭން ޖެހޭނެއެވެ. ނޫންނަމަ އެފަދަ ގާނޫނެއް އޮތްނަމަ އެ ގާނޫނު ހެދި ބަޔަކު އެ ޒިންމާ ނަގަންޖެހޭނެއެވެ.

މިއަދު ޖީބަށް އަތްޖަހާލައިގެންެ ބޮޑާވެފައި ތިބެވުނަސް މާދަމާ މާތް ރަސްކަނލާނގެ ދަރުބާރުގައި އެ ދޭ އަނިޔާތަކަށް ޖަވާބު ދާރީވާން ޖެހޭނެކަން ދަންނާށެވެ. އެހެންކަމާއެކު އިންސާނީ ކަރާމަތަށް އުނިކަން ނުލިބޭގޮތަށް އިންސާނުން ޖަލުތަކަށް ނުލުމަށް ގޮވާލަމެވެ.

Loading

2 Responses

  1. ދިވެހިރާއްޖޭގެ ސަރުކާރުގެ ނެއް އެއްވެސް މުއައްސަސާއެއް ތިވާހަކަތަށް އަޑުއަހާނެ. އަދި މިނިވަން މުއައްސަސާއެއްވެސް ނެއް. އެއިރެއްގަ އޮންނަ ސަރުކާރަކުން ފައިސާ ހޯދުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ގެންގުޅޭ ބައެއް ޖަލުތަކުގަ ތިބެނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް