މެޖިސްޓްރޭޓްކަމުން ވަކިކޮށް އަނިޔާ ދިނީ ޖޭއެސްސީގައި ތިބި އެމްޑީޕީ އެކްޓިވިސްޓުންގެ ފިކުރާ އެއްގޮތް މީހަކަށް ނުވާތީ: ޢަލީ އާދަމް

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އޭނާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމުން ވަކިކޮށް އޭނާައަށް ހުރިހާ އަނިޔާއެއް ދިނީ އޭނާގެ ފިކުރާ އެ މީހުންގެ ފިކުރާ އެއްގޮތް ނުވާތީ ދުރާލައި ރާވައިގެން ކަމަށް ޢަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޢަލީ އާދަމް ވިދާޅުވީ އެމްޑީޕީގެ ސިޔާ ސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހުން އޭނާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމުން ވަކިކުރީ ޖޭއެސްސީގެ ނިންމުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ބަލަމުން ދަނިކޮށް ކަމަށެވެ. އަދި އެކަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ސިޓީއަކުން ދަންނަވާފައި ވަނިކޮށް އެ ސިޓީއަށް ޖަވާބެއް ނުދީ އަދި ވަކިކުރުމަށް ވޯޓަށް އަހައި މަޖިލީހުގެ ޖަލްސާ ތާވަލުކުރާކަން ވެސް އެންގުމެއް ނެތި ކަމަށެވެ.

“އަޅުގަނޑު ފަނޑިޔާރުކަމުން އިސްތިއުފާ ނުދިނީ އިސްތިއުނާފީ މަޖިލީހުން ގޮތެއް ކަނޑައަޅަން ދެން ވޯޓަށް އެހުން ފަސްކޮށްލާނެކަމަށް ބަލައި. އަދި އިސްތިއުފާ ދީފިނަމަ އިސްތިއުނާފް މަޖިލީހުން ބަލަމުން ގެންދިޔަ މައްސަލަ ބާޠިލު ކޮށްލާނެތީ. ނަމަވެސް މަޖިލީހުން އޭނާ ވަކިކުރުމުން އިސްތިއުނާފު މަޖިލީހުން ނިންމީ ފަނޑިޔާރުކަމުން މިހާރު ވަކިކޮށްފައި ވުމުން މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް.“

އިސްތިއުނާފު މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާނީ ފަނޑިޔާރުކަމުގައި ހުރެގެން ކަމަށް ވާތީ އޭނާ ވަކިކުރުމުގައި ޖޭއެސްސީއިން ހަދާފައިވާ އިޖުރާއީ ގޯސްތަކާމެދު އިސްތިއުނާފީ މަޖިލީހުން ގޮތެއް ކަނޑަ އެޅިދާނެކަމަށް ދެކެވަޑައިގެންނެވި ނަމަވެސް އެގޮތަށް ކަނޑައަޅާފައި ނުވަނީ ޖޭއެސްސީއާއި މަޖިލީހާއި އެނޫން ސަރުކާރުގެ ހުރިހާ ތަނެއްގައި އެމްޑީޕީގެ މެޖޯރިރީ އޮތުމުން ކަމަށް ބުރަވެވޭ ކަމަށް ވެސް ޢަލީ އާދަމް ވިދާޅުވިއެވެ.

“މި ހުރިހާ އަނިޔާއެއް ލިބުނީ ޖޭއެސްސީގައި އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތުމާއެކު އަޅުގަނޑަކީ އެމީހުންގެ ފިކުރާ އެއްގޮތް މީހަކަން ނުވާތީ ދުރާލައި ރާވައިގެން. އަޅުގަނޑުގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ތުހުމަތެއް ކުރެވިފައެއް ނުވާނެ. ނިންމި މައްސަލައެއް ގައި އިންސާފަށް ނޭދެވޭ އަސަރެއް ކުރީކީ ނޫން.“

ނަމަވެސް ޖިނާއީ މައްސަލަތަކުގެ ތުހުމަތު ކުރެވިފައިވާ އަދި ޕީޖީ ދައުވާކޮށް ދައުވާ އަނބުރާ ގެންގޮސްފައިވާ ބޭފުޅުން އެމްޑީޕީގެ އެކްޓިވިސްޓުނނަށްވާތީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވެސް އައްޔަން ކުރައްވާފައިވާ ކަމަށް ޢަލީ އާދަމް ވިދާޅުވިއެވެ.

ޢަލީ އާދަމް މެޖިސްޓްރޭޓްކަމުން ވަކިކުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް އަންހެން މީހާއަށް ގުޅައި މެސެޖުކުރި ކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

Loading

One Response

  1. މި ނޫހަކީ އަލީ އާދަމްގެ ޢާއިލާ މީހުންގެ ހިއްސާ އޮންނަ ނޫހެއް ޥީމާ ބާރު ޙިންގާފަ މިއޮތީ، އޭނާ ކުރާ ކަންތައް ރަނގަޅަށް ޢެނގެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް