ސްކޫލްގަ ބުލީ ކުރުމުގެ ސަބަބުން 10 އަހަރުގެ ކުއްޖަކު އަމިއްލަޔަށް މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އިންޑިއާނާ ސްޓޭޓްގައި 10 އަހަރުގެ ކުއްޖަކު ސްކޫލްގައި ބުލީކުރުމުގެ ސަބަބުން އަމިއްލަޔަށް މަރުވެއްޖެއެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބުލީ ކުރާމައްސަލަ އާއިލާގެ ފަރާތުން ސްކޫލްގެ އިދާރާ އަށް ފާއިތުވި އެއްއަހަރު ތެރޭވެސް 20 ފަހަރު ހުށައަޅާފައި ވީނަމަވެސް ސްކޫލުން އެކަމާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

ކުއްޖާގެ ބައްޕަ ސޭމް ބުނެފައިވާ ގޮތުގައި ރަހުމެއް ނެތި އެހެން ކުދިން ބުލީ ކުރަމުން ދިއުމުގެ ސަބަބުން އަމިއްލަޔަށް މަރުވި ދަރިފުޅުގެ ހަށިގަޑު ނަގަން ޖެހުނު ވަގުތު ވަރަށްވެސް ހިތަށް އަސަރު ކުރިކަމަށާ އެއީ އެހެން އެއްވެސް ބައްޕަޔަކު ކުރަން ޖެހިގެން ވާނެ ކަމެއް ނޫންކަމުގައެވެ. އަދި މިހާރުވެސް ލޯމަރާލެވޭ ކޮންމެ ވަގުތަކުވެސް ފެންނަނީ އެކުޑަކުޑަ ހަށިގަޑު ކަމުގައި ބުނެފައިވެއެވެ.

ކުއްޖާ މަރުވެފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ.    

ކުއްޖާގެ މަންމައާއި ބައްޕަ ބުނެފައިވާ ގޮތުގައި ގްރޭޑް 4ގައި ކިޔަވަމުން އައި އެމީހުންގެ ދަރިފުޅު ސެމީ އަށް އެހެން ކުދިން ބުލީ ކުރާ ސަބަބު ތަކުގެ ތެރޭގައި އޭނާގެ ދަތްތައް ހުންނަ ގޮތުންނާއި އަދި އަޅާ އައިނު ހުތުރު ކަމަށް ބުނެ ބުލީ ކުރާ ކަމަށް ވެއެވެ. މިކަން ހިގާތާ އެތައް މަހެއް ވެފައިވާ ކަމަށާ އެންމެ ފަހުން ސްކޫލް ބަހުގެތެރޭ ކުއްޖާގައިގަ ތަޅައިގަނެ އައިނު ތަޅާލާވެސް ހަދާފައިވާ ކަމަށް ކުއްޖާގެ ބައްޕަ ނިއުޔޯކް ޕޯސްޓް އަށް ކިޔާދީފައި ވެއެވެ.

އެހާދިސާ ހިނގުމުން ވެސް ސްކޫލަށް ގުޅިކަމަށާ ބުލީ ކުރާމައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާކަމަށާ ސްކޫލުން އަޅަނީ ކޮން ފިޔަވަޅެއްތޯ އެހިކަމަށް ބުނެފައި ވެއެވެ.

ބުލީ ކުރަމުން އައި ކަމަށް ސެމީގެ މަންމައާއި ބައްޕަ ބުނަމުން ދިޔަނަމަވެސް ސްކޫލުން ބުނެފައިވަނީ ބުލީކުރާކަމުގެ ޝަކުވާއެއް ބެލެނިވެރިންގެ ފަރާތުންވެސް އަދި ކުއްޖާގެ ފަރާތުންވެސް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ސްކޫލްގެ ކައުންސެލަރުން ގަވާއިދުން އާއިލާއާއި ގުޅިކަމަށް ސްކޫލުން އެއްބަސް ވެފައި ވެއެވެ. އެހެން ކަމުން މިކަން ހިގަމުން ދާކަން ސްކޫލްއަށް އެނގޭ ނޫންތޯ ކުއްޖާގެ ބައްޕަ ސުވާލު ކޮށްފައި ވެއެވެ.

އެސްކޫލް އަކީ ބުލީ ކުރުމަށް ޒީރޯ ޓޮލަރަންސް ދޭ ސްކޫލް އެއްކަމަށްވެއެވެ. ކުއްޖާގެ މާމަ ބުނީ އޭގެ މާނަޔަކީ ބުލީ ކުރާ މައްސަލަ ތަކުގައި ސްކޫލުން ޒިންމާ ނުނަގާނެ ވާހަކަ (ޒީރޯ ރެސްޕޮންސިބިލިޓީ) ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް